ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ފުޑް އެންޑް ބެވަރޭޖް އެގްޒިބިޝަން ކަމަށްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން 2025ގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ބައިވެރިވެ، ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދިވަހަކު ހެނދުނު 10 އިން އިރުއޮއްސި 7 އަށް، ހުޅުމާލޭ ސިންތެޓިކް ޓްރެކްގަ އެވެ.
ތަފްސީލް - އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލްގައި، އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑެވޮންޑޭލް، ރެމިންޓަން، ފްރަގާޓާ އަދި ޗޮއިސް ބްރޭންޑުގެ އުފެއްދުންތައް ވަނީ އާއްމުންނަށް ފެންނާނެހެން ދައްކާލާފަ އެވެ. މި އުފެއްދުންތަކުގެ މައުލޫމާތު ސްޓޯލްއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ލިބޭނެ އެވެ.
މީގެ އިތުރުން، އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ތައާރަފް ކުރާ 4 ބްރޭންޑެއް ވެސް މި އެގްޒިބިޝަންގައި ވަނީ ލޯންޗުކޮށްފަ އެވެ. މި އުފެއްދުންތަކަކީ:
ކެމްޕާ ބްރޭންޑުގެ ޖޫސް
މެކް ކޮއިޓީގެ ސައިފަތް
އޮލިމްޕަސް ބްރޭންޑުގެ ޔޯގަޓް އަދި ޗީޒް
ޗިއޯސް ބެރޭންޑުގެ ޖޫސް
މީގެ އިތުރުން، މި އަހަރުގެ އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ސްޓޯލުން މާލޭގެ އެންމެ މަޝްހޫރު، ހާއްސަކޮށް ޒުވާނުންގެ ތެރޭގައި މަގުބޫލު އެއް ކެފޭ ކަމަށްވާ 'ކޮފީ ސްޓޭޓް'އާ ގުޅިގެން ހިލޭ ސާމްޕަލްތައް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ސާމްޕަލްތަކަކީ އެސްޓީއޯ އިން ތައާރަފް ކުރި ޗިއޯސް ގާޑަން ބްރޭންޑުގެ ޖޫސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރަހަމީރު ބުއިންތަކެކެވެ.
މި އެގްޒިބިޝަންގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިން ސްޓޯލްއަށް ޒިޔާރަތްކޮށްގެން، ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު ވެސް އާންމުންނަށް އޮންނާނެ އެވެ.
އެސްޓީއޯ ހޮޓެލް އޭޝިއާގައި: ހާއްސަ ހަރަކާތްތަކާއި އާ އުފެއްދުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ