މީޑިއާ ކޮމިޝަންގެ ނައިބު ރައީސަކަށް ޒަމްއަތު
މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި އާ މީޑިއާ ކޮމިޝަންގެ ނައިބު ރައީސްކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދު މިއަދު އިންތިހާބުކޮށްފި އެވެ.އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޝައުގުވެރިވާ މެމްބަރުންނަށް ކޮމިޝަންގެ ދެވަނަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލުމުން ހުށަހެޅުއްވީ ބްރޯޑްކާސްޓިން ކެޓަގަރީން މީޑިއާ ކޮމިޝަނަށް ހޮވިވަޑައިގެންނެވި ޒަމްއަތާއި އެ ކޮމިޝަންގައި އޮންލައިން މީޑިއާތައް ތަމްސީލު ކުރައްވާ ހުސެއިން ސަގީފެވެ.އެ މަގާމަށް ޒަމްއަތު ހޮވިވަޑައިގެންނެވީ ހަތަރު ވޯޓުންނެވެ. ސަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒަމްއަތު މިއަދު އައްޔަންކުރިއިރު، ކޮމިޝަންގެ ރައީސްކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އާ މީޑިއާ ކޮމިޝަންގެ މެންބަރުން:މުހައްމަދު ފަރުޝަތު - ރައީސްޒަމްއަތު އަހްމަދު ވަހީދު - ނައިބު ރައީސްސިމާހާ ނަސީމްހުސައިން ސަގީފް އިހުސާންސަފާ ޝަފީގްއަބްދުލްއަޒީޒް އިބްރާހީމްއާމިނަތު ސަރާހަތު އިއްޒަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ