އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.
ތަފްސީލް - މި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހިއިރު އެވެ. ވޯޓުލުން މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކުރި ވޯޓާސް ލިސްޓްގައިވާ ގޮތުން، މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބިގެންވެ އެވެ. މި ވޯޓަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމުލަ 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފަ އެވެ. އެގޮތުން:
ހުޅުދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،242 މީހުންނަށް
މީދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،618 މީހުންނަށް
ފޭދޫގައި ބަހައްޓާ ފަސް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 2،835 މީހުންނަށް
މާލޭގައި ބަހައްޓާ ހަތް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 3،881 މީހުންނަށް
އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.
މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ވޯޓު ނަގަނީ ރަށު ކައުންސިލް ހެދުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި ރަށްރަށުގަ އެވެ.
އައްޑޫގައި ވަކި ކައުންސިލުތަކެއް ހެދުމާ ގުޅޭ ވޯޓުލާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ