އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ވޯޓުލުން ނިމި، ބައެއް ފޮށިތަކުގެ ވޯޓު ގުނަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ތިން ރަށެއްގައި ނެގި މި ވޯޓަކީ އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓެކެވެ. މި ވޯޓު ނެގީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.
ތަފްސީލް - ވޯޓު ކިއޫ 4 ޖެހުމާ އެކު ބަންދުކޮށްފައިވާއިރު، ވޯޓުލުމަށް ހުރިހާ ސަރަހައްދުތަކެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ. މާލޭގެ އިތުރުން ފޭދޫ، މީދޫ އަދި ހުޅުދޫގައި ބަހައްޓާފައި ހުރި ފޮށިތަކުގެ ވޯޓު ގުނުން މިހާރު ދަނީ ކުރިއަށެވެ.
މި ވޯޓުގައި:
ހުޅުދޫގައި ބަހައްޓާފައިވަނީ ތިން ފޮށި
މީދޫގައި ބަހައްޓާފައިވަނީ ތިން ފޮށި
ފޭދޫގައި ބަހައްޓާފައިވަނީ ފަސް ފޮށި
މާލޭގައި ބަހައްޓާފައިވަނީ ހަތް ފޮށި
އިލެކްޝަންސް ކޮމިޝަން (އީސީ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 3 ޖެހުމާ ހަމަައަށް 3410 މީހަކު ވޯޓުލި އެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބުނު %35.61 މީހުންގެ ވޯޓެވެ.
މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބުނެވެ.
އައްޑޫ ވޯޓު: ވޯޓުލުން ނިމި ވޯޓު ގުނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ