ކ. ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ކަނޑުމަތިން މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު މިއަދު 10:17 ހާއިރިު ލިބިފައިވާ ކަމަށެވެ.
ތަފްސީލް - މަރުވެފައި އޮއްވާ ފެނުނީ ފުލުހުން ބުނިގޮތުގައި ބިދޭސީ ފިިރިހެނެކެވެ. އޭނާގެ ހަށިގަނޑު ކަނޑުމަތިން ފެނުމާ ގުޅިގެން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަ ކުުރެވޭ - ކ. ކަނޑޫމާ ރިލަ ކައިރިން ބިދޭސީއެއްގެ ހަށިގަނޑު ފެނުނުއިރު އއ. އުކުޅަހަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ