ޑުރަގް ވިޔަފާރި ތުހުމަތުގައި ހައްޔަރުކުރި ނޭޕާލް އަންހެން މީހާއާއެކު، 3 ފިރިހެނުން ވެސް ހައްޔަށް

ޑުރަގު ވިޔަފާރި ތުހުމަތުގައި މާލެއިން ހައްޔަރުކުރި ނޭޕާލް އަންހެން މީހާއާއެކު، ތިން ފިރިހެނުން ވެސް ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތަކާ އެކު، މާލެއިން ޒުވާން ނޭޕާލްގެ އަންހެނަކު ހައްޔަރުކޮށް، އިއްޔެ ފަސް ދުވަހަށް ބަންދުކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ހައްޔަރުކުރީ ނޭޕާލްގެ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ކޯޓުގެ އަމުރުގައި ވަނީ އެ އަންހެން މީހާ ދިރިއުޅެމުން އައި އެޕާޓްމަންޓުން ޓްރެފިކިން މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ކިރުމަށާއި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް ފެނިފައިވާ ކަމަށެވެ. އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިހަށް ޕޮޒިޓިވްވި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ. މިއަދު ފުލުހުން މިއަދު ބުނި ގޮތުގައި ވަނީ މި މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައިފާސްކޮށްގެން ކަމަށެވެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 25 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ހިންގި މިއޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން މަސްތުވާތަކެތި ފެނިފައިވާއިރު، އެތަކެތީގެ ބަރުދަނަކީ 377 ގުރާމެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކުގެ ބަންދަށް ފަނަަރަ ދުވަހުގެ މުއްދަތެއް ދީފައިވާއިރު ދެން ތިބި މީހުންނަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ. މި މައްސަލާގައި ނޭޕާލް އަންހެންމީހާއަށް ދިން އެއް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން އެއް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ