ވަގު ޑޮލަރުން ވިޔަފާރިކުރުމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުން ވިޔަފާރިކުރުމުގެ ތުހުމަތުވާ މީހަކު ހޯދަން ފުލުހުން މިއަދު އާންމުންގެ އެހީއަށް އެދިއްޖެއެވެ. ފުލުހުން ވަނީ އެ މީހާގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ މީހާއަކީ ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ ސައްހަ ނޫން ޑޮލަރުން މުއާމަލާތްކުރުމުގެ ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ނޭނގިގެން ދެނެގަނެވިފައިނުވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. https://x.com/PoliceMv/status/2002640303187243282 އެހެންވެ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ، އިކޮނަމިކް ކްރައިމްގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅަން ފުލުހުން ވަނީ އެދިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހުން ބޭންކް ރޭޓުގައި ޑޮލަރު ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. ރަސްމީ ރޭޓަކީ 15.42 ނަމަވެސް ކަޅުބާޒާރުން ޑޮލަރު ގަންނަންޖެހެނީ 20 ރުފިޔާއަށްވުރެ ބޮޑުކޮށެވެ. މާލީ ދަތިތަކާ ކުރިމަތިވެ، ޑޮލަރުގެ އަގު އެހާ ބޮޑަށް އުފުލިފައި ހުންނަތާ މިހާރު އެތައް މަހެއް ވެއްޖެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ