ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:17 އެހާކަންހާއިރު ކަމަށެވެ.
މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންކަމަށާއި، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އިތުރަށް ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށާއި މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރަމުން ދާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ގުޅީފަޅު ކައިރި ކަނޑުމަތިން ފެނިފައެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ގުޅީފަޅު ކައިރި ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 38 އަހަރުގެ ޗެންގް ޖިއާ ކިޔުނު ޗައިނާ މީހެއް ކަމަށެވެ.
ޗެންގް ޖިއާ ކަނޑަށް ވެއްޓިފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ