އެމްޑީޕީ މެމްބަރުން “ރަޖާލައިގެން” ތިބިކަމަށް ވިދާޅުވުމުން އާޒިމަށް މާރިޔާ ރައްދުދީފި އެމްޑީޕީ ވަގުތީ ޗެއާޕާސަންކަމަށް ވަހީދު ނުހޮވުނު އެމްޑީޕީގެ 33 ޕަސަންޓް ޓިކެޓް ޒުވާނުންނަށް ދެނީ ބީއެމްއެލްގެ 30 އިންސައްތައިގެ ފީ އަކީ ނުސީދާ ޓެކްސް އެއް- ޝަމްހީދު މަގު

މި މައްސަލައިގެ އަސްލަކީ މިދިޔަ މާޗު މަހު އެމްޑީޕީން ބޭއްވި އެއްވުމެއްގައި، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ބުނެ މަންދީ ދެއްކެވި ވާހަކަތަކެވެ. ފެމިލީ ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ މަންދީގެ މި ވާހަކަތަކުގެ ސަބަބުން ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ކުޑަކުދިންނަށް ލިބިދޭ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށެވެ. އަދި އެއްވުމުގައި ދެއްކި ވާހަކަތައް ހުއްޓުވުމުގެ ބަދަލުގައި އެކަމަށް ފައްޔާޒް ހިތްވަރު ދެއްވާފައިވާކަން ސާބިތުވާތީ، ޕާޓީ ހިންގަވާ ފަރާތުގެ ހައިސިއްޔަތުން ފައްޔާޒު އެކަމަށް ޒިންމާވާންޖެހޭނެ ކަމަށްވެސް ކޯޓުގެ ނިންމުމުގައިވެއެވެ.
މި މައްސަލައިގައި ރައީސްގެ އާއިލާގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތްކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް، ފައިސާގެ ބަދަލު ހޯއްދެވުމަށް ދައުވާ ނުކުރައްވާނެ ކަމަށެވެ. އާޒިމާ ފާހަގަކުރެއްވި ގޮތުގައި މި ދައުވާ ކުރުމުގެ މައިގަނޑު ބޭނުމަކީ ސިޔާސީ ގޮތުން ކުރާ ފުރައްސާރައާއި، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވައި، ދަރިކަލުންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ