ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކުރި މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ވަނީ ވީޑިއޯ އެއް އާންމުކޮށް، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.
ތަފްސީލް - އެ ވީޑިއޯއިން ފެންނަނީ އޮރެންޖު ކުލައެއްގެ ޓީޝާޓެއްގައި ހުންނަ ފިރިހެނަކު މާލޭ ހޮޓަލެއްގެ ޓޭކް އަވޭއެއް ކައިރީ ހުންނަ ތަނެވެ. ފެން ފުޅިއަކާއި އެނޫން ވެސް ބައެއް ސާމާނަށް އޭނާ ނަގުދު ފައިސާ ދޭތަން ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނީ އޭނާ ހޯދަނީ ސައްހަ ނޫން ޑޮލަރުން މުއާމަލާތްކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންއަށް އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.
އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު: 9790048
ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112
ވަގު ޑޮލަރުން ވިޔަފާރިކުރި މީހަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ