ކޭޕް ޓައުން، ދެކުނު އެފްރިކާ (ސެޕްޓެމްބަރު 4) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އަންހެން ކްރިކެޓް ވޯލްޑް ކަަޕްގެ އިނާމް ފައިސާގެ އަދަދު އިތުރުކޮށްފި އެވެ.
ސްރީ ލަންކާ އާއި އިންޑިއާގައި މި މަހު ފަހުކޮޅުގައި ފަށާ ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް 4.4 މިލިއަން ޑޮލަރު ލިބޭނެ އެވެ. މިއީ، އެންމެ ފަހުން، 2023 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި، އޮސްޓްރޭލިއާ ފިރިހެން ޓީމަށް ލިބުނު އިނާމް ފައިސާ އަށް ވުރެން އިތުރު އަދަދެކެވެ. އެ ފަހަރު އޮސްޓްރޭލިއާ ފިރިހެން ޓީމަށް ލިބުނީ، 3.9 މިލިއަން ޑޮލަރެވެ.
ކްރިކެޓް ވޯލްޑް ކަޕް އެންމެ ފަހުން، 2022 ވަނަ އަހަރު ކާމިޔާބުކުރި އޮސްޓްރޭލިއާ އަންހެން ޓީމަށް ލިބުނީ، 1.3 މިލިއަން ޑޮލަރެވެ.
މި ފަހަރުގެ އަންހެން ކްރިކެޓް ވޯލްޑް ކަޕަށް ޖުމްލަ އެކު، ކަނޑައަޅާފައިވާ އިނާމު ފައިސާގެ އަދަދަކީ 13 މިލިއަން ޑޮލަރެވެ. މީގެ ތިން އަހަރު ކުރިން ބޭއްވި ކްރިކެޓް ވޯލްޑް ކަޕްގެ އިނާމް ފައިސާގެ ޖުމްލަ އަކީ، 3.4 މިލިއަން ޑޮލަރެވެ. އަދި، މި ފަހަރަކީ، 2023 ވަނަ އަހަރު ބޭއްވި ފިރިހެން ކްރިކެޓް ވޯލްޑް ކަޕްގެ އިނާމް ފައިސާގެ ޖުމްލަ އަކީ، 9.9 މިލިއަން ޑޮލަރެވެ.
މި މަހު 30 ވަނަ ދުވަހު ފަށާ ކްރިކެޓް ވޯލްޑް ކަޕްގައި، ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ވާދަކުރަނީ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންގްލެންޑް، ނިއު ޒީލެންޑް، ޕާކިސްތާން އަދި ދެކުނު އެފްރިކާ އެވެ. ޖުމްލަ 12 ފަހަރު މި މުބާރާތް ކުރިން ބާއްވާފައިވާއިރު، ހަތް ފަހަރު ތަށި ހޯދީ އޮސްޓްރޭލިއާ އިންނެވެ.
އަންހެން ކްރިކެޓް ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކޮށްފި: ފިރިހެން ވޯލްޑް ކަޕަށް ވުރެން އިތުރު! އަންހެން ކްރިކެޓް ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކޮށްފި: ފިރިހެން ވޯލްޑް ކަޕަށް ވުރެން އިތުރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ