ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް، ދިވެހި ސިފައިން އިއްޔެ އަތުލައިގަތީ ސްރީ ލަންކާގެ ބޯޓެއް ކަމަށާއި އޭގައި 300 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ވީ ކިހިނެއް؟- އެމްއެންޑީއެފުން އިއްޔެ ބުނިގޮތުގައި އެ ބޯޓު އަތުލައިގެންފައިވަނީ ޑްރޯން ބޭނުންކޮށްގެން ހިންގި ސަވައިލަންސެއްގަ އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަސް ބޯޓުގައި ހުރީ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވާ، ހެރޮއިން އާއި ކްރިސްޓަލް މެތެވެ. ދެން ތިބީ އޭގައި މަސައްކަތް ކުރާ ހަ މަސްވެރިންނެވެ.
އޭގައި ތިބި މީހުންނާއި ބޯޓު ވެސް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ބޯޓު ހުއްޓުވީ، ލަންކާގެ ކަނޑުގެ ސިފައިން ދިން އިންޓެލިޖެންސް މައުލޫމާތު މެދުވެރިކޮށް ކަމަށް ނޫސްތަކުގައި ބުނެފައި ވެ އެވެ.
ލަންކާގެ ބޯޓުން ފެނުނު މި މަސްތުވާތަކެތި އެ ގައުމުގެ ނޫސްތަކުން ގުޅުވާލީ، ލަންކާގެ ޑްރަގުގެ ބޮޑެއް ކަމަށްވާ 'ދެހިބަލެ މައްލި'އާ އެވެ.
އެނގުން މުހިއްމު- މިދިޔަ ބުދަ ދުވަހުގެ ރޭ ވ. ފޮއްތެޔޮމުލީގެ އުތުރުން 137 ނޮޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދިޔަ ލަންކާގެ ދެ މަސްބޯޓު ވެސް އެމްއެންޑީއެފް އިން ވަނީ އަތުލައިގަނެފަ އެވެ.
އެމްއެންޑީއެފުން އަތުލައިގެން ބޯޓުގައި 300 ކިލޯގެ ޑްރަގްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ