އިންޓަރެސްޓް ބޮޑުކޮށް އިތުރު ބޮންޑެއް ވިއްކައިގެން ފައިސާ ހޯދުމަށް ވުރެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ހިއްސާ ވިއްކައިގެން ލިބޭ ފައިސާއިން ބޮޑު ސުކޫކު ދެއްކުން މާ ބުއްދިވެރިވާނެ ކަމަށް ކުރީގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެނގުން މުހިއްމު - އަންނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެއްފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު އަދަދަކީ 2018 އަދި 2019ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައިވާ ގޮތުގައި:
އެ ސްކޫކުގެ 450 މިލިއަނެއްހާ ޑޮލަރު ރީފައިނޭންސް ނުވަތަ ފަހުުން ފައިސާ ދައްކާ ގޮތަށް ލަސްކުރަން ވަނީ ނިންމާފައި
އެ ސްކޫކުން ދައްކަނީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައިވާ ފައިސާއިން 150 މިލިއަނެއްހާ ޑޮލަރު
ވީ ކިހިނެއް؟ - ނަޝީދު މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާގިލް ފައިނޭންޝަލް ސާވިސްއަށް ބޮޑު އިންޓަރެސްޓެއްގައި ބޮންޑެއް ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދުން ރަނގަޅު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން:
ނަޝީދު އެ އިޝާރާތް ކުރައްވަނީ މިއަހަރުގެ ބަޖެޓް ސަޕޯޓަށް ރާއްޖެއިން ބޭރުން ފައިސާ ހޯދަން ކާގިލްއިން ލޯނެއް ނަގަން ސަރުކާރުން މަޝްވަރާކުރަމުން އަންނާތީ އެކަމާ މެދު
ތަފްސީލް - ނަޝީދު ވަނީ އެގޮތަށް ފައިސާ ނުހޯދާ އެކަމުގައި އަމަލުކުރަން ފެންނަ ގޮތެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގެ ލަފައެއް ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ:
ވެލާނާ އެއާޕޯޓުގެ ހިއްސާ ވިއްކައިގެން ދައުލަތަށް މި ވަގުތަށް އާމްދަނީ ހޯދުން މާ ބުއްދިވެރިވާނެ
އެ ހިއްސާ ވިއްކައިގެން ލިބޭ ފައިސާ ސުކޫކު ދައްކަން ބޭނުން ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި
"މިގޮތަށް އަމަލުކުރުމުން ދައުލަތުގެ ޖުމްލަ ދަރަނި ކުޑަކުރެވިގެން ދާނެ،" ނަޝީދު ލިޔުއްވި އެވެ.
ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދައްކާ ހަލާސް ކުރަން ޖެހެނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ކުރިންނެވެ. ސަރުކާރުން ވަނީ، އެހާތަނަށް ފައިސާ ދައްކާ ނިމޭނެކަމުގެ ޔަގީންކަން ދީފަ އެވެ.
ނަޝީދުގެ ލަފައަކީ ވެލާނާ އެއާޕޯޓުގެ ހިއްސާ ވިއްކައިގެން ސުކޫކު ދެއްކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ