އައްޑޫ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި އެ ސިޓީގެ އިހުތިސާސްގައިވާ ސަވާހިލި، ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަކީ ރައީސް މުހައްމަދު މުއިއްޒު ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ސީދާ ހިލާފަށް، އަދި އައްޑޫ ރައްޔިތުންގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅަށް، އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ ހަޑިހުތުރު އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ވަކި ރަށެއްގެ ގޮތުގައި އޮންނަ ސަވާހިލި ސަރުކާރުން އަތުލީ އެ ރަށުގައި އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން ފެސިލިޓީއެއް ތަރައްގީކުރަން ބީލަމަށް ލާފައި ވަނިކޮށެވެ.
އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ރަށްތަކާއި ސިޓީތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރޭގައި ބޭނުންކުރުމަށް ކަމަށެވެ. އަދި އެ ބާރު ބޭނުންކުރަންވާނީ އެރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާކަން އެމްޑީޕީން ފާހަގަކުރި އެވެ.
ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން އާ ދައުރަކަށް އިންތިހާބުވި ސިޓީ ކައުންސިލުން، އައްޑޫ ސިޓީގެ 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ ގާނޫނީ ޒިންމާ އަދާކުރަމުންދާ ދަނޑިވަޅެއްގައި، ކައުންސިލާއި ރައްޔިތުންގެ މަޝްވަރާއެއް ނެތި ސަވާހިލި ވަކިކުރުމުން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ؛
ކައުންސިލްތަކަކީ އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ގާނޫނީ ޖާގައާއި ބާރު ލިބިފައިވާ ވަކި ގާނޫނީ ޝަހުސެއްކަން ފާހަގަކުރަމުން އެމްޑީޕީން ވަނީ، ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން އިންތިހާބުވެފައިވާ އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކުރުމަށް ގޮވާލާފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ނުވުމަށްވެސް އެޕާޓީން ވަނީ އެދިފަ އެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އައްޑޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ.
ސަވާހިލި އަތުލި ނަމަވެސް ސަރުކާރަށް އެތަން ތަރައްގީ ވެސް ނުކުރެވޭނެ ކަމަށާއި އެފަދަ ސިޔާސަތެއް ނެތް ކަމަށް ވެސް ނިޒާރު ވިދާޅުވި
ސަވާހިލި ސަރުކާރުން ވަކިކުރި މައްސަލައިގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާނަމަ ސަވާހިލި އަތުނުލައި، މިހާރު ވެސް ހިއްކާފައި އޮތް ތިން ރަށާއި، ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ސަވާހިލި އަތުލިޔަސް އެ ރަށުގައި ސަރުކާރުން ޓޫރިޒަމް ތަރައްގީ ނުކުރާނެ ކަމަށާއި އެ ގާބިލްކަމެއް ވެސް ސަރުކާރުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ އިހުތިސާސުން ސަވާހިލި ވަކިކުރުމަކީ މުއިއްޒު ހިންގި ގާނޫނާ ހިލާފު ހަޑިހުތުރު އަމަލެއް: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ