ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތަކަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ "ޖީޕީއޯއެން ސާވިސަސް އެގްރީމެންޓް" ގެ ދަށުން، ފްލެޓުގެ ވެރިފަރާތުން އަމަލުކުރަންޖެހޭ ހަރުކަށި ޝަރުތުތަކަކާއި ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅައި، އެ އެއްބަސްވުން ގަބޫލުކުރުން މަޖުބޫރުވާ ގޮތަށް ހަމަޖައްސައިފި އެވެ.
ފަހި ޕޯޓަލް މެދުވެރިކޮށް އިލެކްޓްރޯނިކްކޮށް ގަބޫލުކުރަންޖެހޭ މި އެއްބަސްވުމުގައިވާ ގޮތުން، އިންޓަނެޓުގެ ހިދުމަތް ހޯދަން ބޭނުންނުވިޔަސް، އެފްޑީސީގެ ފަހި ޕޯޓަލްގެ ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބެނީ މި އެއްބަސްވުން ގަބޫލުކޮށްގެންނެވެ.
މީގެ ސަބަބުން، އިންޓަނެޓް ބޭނުންނުވާ ފަރާތްތަކަށް ވެސް މި އެއްބަސްވުމުގައިވާ ހަރުކަށި ޝަރުތުތަކަށް އަމަލުކުރަން މަޖުބޫރުވެ އެވެ.
އެއްބަސްވުމުގައިވާ އެންމެ ފާހަގަކޮށްލެވޭ ބަޔަކީ، ފްލެޓްތަކުގައި ހަރުކުރާ އޮޕްޓިކަލް ނެޓްވޯކް ޓާމިނަލް (ރައުޓަރު) ބޭނުންކުރަން ފަށާތާ ފަސް އަހަރު ނުވަނީސް ހިދުމަތް މެދުކަނޑާލައިފި ނަމަ، ފްލެޓުގެ ވެރި ފަރާތުން ރައުޓަރު އަނބުރާ އެފްޑީސީއަށް ރައްދުކުރުމާއެކު 5000ރ. ގެ ޖޫރިމަނާއެއް ދައްކަންޖެހުމެވެ.
މީގެ އިތުރުން، އެ ކުންފުނިން ހުއްދަދީފައިވާ އޮޕަރޭޓަރުން ފިޔަވައި އެހެން ފަރާތެއްގެ ހިދުމަތް ހޯދުމަށް މި ފައިބަ ނެޓްވޯކް ބޭނުންކޮށްފިނަމަ ވެސް، ހިދުމަތް މެދުކަނޑާލުމުގެ އިތުރުން 5،000ރ. ގެ ޖޫރިމަނާއެއް ދައްކަންޖެހޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
ރައުޓަރު ގެއްލިއްޖެނަމަ ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ 2،500ރގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ އެވެ. އަދި އެއްބަސްވުން އުވާލާތާ ނުވަތަ އެ ކުންފުނިން ލިޔުމުން އެދޭތާ 14 ކަލަންޑަރު ދުވަހުގެ ތެރޭގައި ރައުޓަރު އަނބުރާ ހަވާލުނުކޮށްފިނަމަ ވެސް 2،500ރ ދައްކަންޖެހެ އެވެ.
ހުޅުމާލޭ ފޭސް 2 ގައި ހަދާފައިވާ 4000 ހައުސިން ޔުނިޓަށް އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ފައިބާ ކޭބަލް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެފްޑީސީ ފްލެޓްތަކުގެ އިންޓަނެޓް އެއްބަސްވުމުގައި ބޮޑެތި ޖޫރިމަނާތަކެއް، ސޮއިކުރުން މަޖުބޫރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ