މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް

ވިއްސާރަވެ ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެތީ ބައެއް ސަރަަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެެރެފައި ވަނީ، ދެކުނުގެ އަތޮޅު ތަކަށެވެ. އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ، މިއަދު ހެނދުުނު 10:00 އިން ހަވީރު 16:00 ގެ ނިޔަލަށެވެ.
މެޓް އިން ބުނީ، މި ވަގުތުތަކުގައި، އެ ހިސާބުތަކަށް ބޯކޮށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ.
ރެއިން ފެށިގެން މިރޭގެ ނިޔަލަށް މޫސުމާއި ބެހޭ އިދާރާއިން މޫސުން ކުރިއަށް ލަފާކުރާގޮތަށް ލަފާކޮށް ބުނެފައިވާގޮތުގައި، ދެކުނުގެ އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން އަޑިއަކު 3 މޭލާއި 13 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެންހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގެ މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް، ދަތުރުފަތުރު ކުރާއިރު، މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ