ބިލެތްފަހި އިންޖީނުގެ އެނދުމުން 2.27 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިއްޖެ

ށ.ބިލެތްފަހި އިންޖީނުގޭގައި އަލިފާން ރޯވެ އަނދާހުލިވި ހާދިސާގައި 2.27 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން ބުނީ މި ހާދިސާއާ ގުޅިގެން ކުންފުންޏަށް ލިބުނު ގެއްލުންްތައް ބަލަމުން އަންނަ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި 2.27 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ރަށަށް ކަަރަންޓްގެ ޚިދުމަތްދޭން ފެށުނީ ރޭ 00:15 އެހާކަންހާއިރުއެވެ. އެ ރަށަށް ކަރަންޓުގެ ހިދުމަތް ދީފައިވަނީ އެ އަތޮޅު ފޭދޫއިން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ގެންގޮސްގެނެވެ.
ކަރަންޓްގެ ޚިދުމަތް ވަގުތީގޮތުން ބިލެއްފައްސަށް ދޭން ފަށާފައިވާއިރު މިއަދުގެ ވަގުތެއްގައި ވަގުތީ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ކުރާނެކަމަށް ފެނަކައިން ވިދާޅުވިއެވެ.
އިންޖީނުގެ ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު މިކަން ހިނގަން މެދުވެރިވި ސަބަބު ބެލުމަށް އެމްއެންޑީއެފް އާއި ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.
އިންޖީނުގޭގައި ރޯވީ އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ކަމަށް ބިލެތްފަހިން ވާހަކަދެއްކި މީހަކު މައުލޫމާތު ދެއެވެ.
ބިލެތްފައްސަކީ އާބާދީގައި 700 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ