ސިންގަޕޫރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ. ގިނަ ދުވަސްތަކެއް ފަހު އިންްޑިޔާގައި އުޅުއްވައި ރާއްޖެ ވަޑައިގަތުމަށް ފަހު ސިންގަޕޫރަށް ރައީސް މައުމޫން ވަޑައިގަތީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގަ އެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަތީ އާއިލީ އަމިއްލަ ބޭނުމެއްގަ އެވެ. އެމަނިކުފާނު މިރޭ ރާއްޖެ ވަޑައިގަންނަވަނީ 11:00 ހާއިރު އެވެ.
މީގެ ކުރިން ރައީސް މައުމޫން އިންޑިޔާއަށް ވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމް ކެންސަރަށް ފަރުވާ ހޯއްދަވަން ރާއްޖެއިން ބޭރުގައި ހުރުމުންނެވެ. މައުމޫން ރާއްޖެ ވަޑައިގެންނެވީ ފަރީޝާ އަވަހާރަވެ، ޖަނާޒާގެ ކަންކަން ނިމުމުން އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތް އިރު އިދިކޮޅު އިސް ފަރާތްތައް އެމަނިކުފާނަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ދެންނެވި އެވެ.
ރައީސް މައުމޫން މިރޭ ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ