ރައީސް ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހެދުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވަކީލުންނާއި ބައްދަލު ކުރެވޭނެ ގޮތް ހަދައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ކުރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެކެވެ. މިއަދު ވަނީ އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބާއްވާފައެވެ.
އެ މަނިކުފާނުގެ ގާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަލަށް އައި ދައުވާތަކާއި އަދި އެ މަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލައިގައި ވެސް މިހާތަނަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެމަނިކުފާނު ވަނީ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ