ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބާގައި ބާއްވާ ޢާއިލީ ހަވީރު މާދަމާ ބާއްވަނީ..

ދިވެހި ސިފައިންގެ 119 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ބާއްވާ ޢާއިލީ ހަވީރު މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
މާދަމާ އާއި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00ން 18:00އަށް ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ މި ޢާއިލީ ހަވީރު ހުޅޫވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 16:00 ގައި ރަސްފަންނުގެ އައިޖީއެމްއެޗާއި ދިމާލުގައެވެ.
ޢާންމުކޮށް ހުޅުވާލައުގެން ބާއްވާ ޢާއިލީ ހަވީރުގައި ރަށްފުށުގެ ޢާއިލީ ދިރިއުޅުމުގެ އެހާރާއި މިހާރު ފެނިގެންދާނެއެވެ. އަދި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކާއި ސިފައިންގެ ތަފާތު މަސައްކަތްތައް ދައްކުވައިދޭ ތަފާތު ސްޓޯލުތައްވެސް ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ