ޚާރިޖީ ސިޔާސަތަށް ފާޑުކިޔުމަކީ ކުށެއް ނޫން: ޑރ. ޝަހީދު

ހާރިޖީ ސިޔާސަތަށް ނުވަތަ "އިންޑިއާ ފަސްޓް" ސިޔާސަތަށް ފާޑުކިޔުމަކީ ޖިނާއީ ކުށަކަށް ނުހެދޭނެކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ހާއްސަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ޝަހީދު ވިދާޅުވީ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ފަދަ ބޭފުޅުންނަކީ ޚިޔާލުފާޅުކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ދުވަހަކު ވެސް ވަކާލާތުކުރައްވާނެ ކަމަށް ހީކުރި ބޭފުޅުންނެއް ނޫން ކަމަށެވެ. އިންޑިއާ އައުޓް ކިޔުމަކީ ޖިނާއީ ކުށެއް ކަމަށް ހެދުމަށް މަޖިލީހަށް ހުށަހަޅަން އުޅޭ ބިލާ ދެކޮޅަށް އެބޭފުޅުން ނުކުންނަވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް "ސަން"އަށް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ ބިލް ޑްރާފްޓް ކުރުމުގެ މަަސައްކަތް ކަމަށެވެ. ޚާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކުރާ އަދި ވާހަކަދައްކާ ފަރާތްތަކަށް އެ ބިލުގައި ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައެޅިފައެވެ. މީގެ ތެރޭގައި ޖަލަށްލުމާއި، ބޮޑެތި ޖޫރިމަނާތައް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ