އަންހެނުންނާއި ކުޑަކުއްޖަކާއެކު އޮޔާދިޔަ ދޯންޏެއް ސަލާމަތްކޮށްފި

އަންހެނުންނާއި ކުޑަކުއްޖަކުއިން ދޯންޏެއްގެ އިންޖީނު ހުއްޓި އޮޔާދަނިކޮށް ފުލުހުން ސަލާމަތްކޮށްފި އެވެ.
ވީ ކިހިނެއް؟- ޏ. ފުވައްމުލަކުން މި ދޯނި އިންޖީނު ހުއްޓުނީ މަހަށް ނުކުމެ އުޅެނިކޮށް މިއަދު ހަވީރެވެ. ދޯނީގައި ތިބި މީހުންގެ ތެރޭގައި ހަތް އަންހެނުންނާއި ކުޑަކުއްޖަކު ހިމެނެ އެވެ.
ފުލުހުން ބުނީ:
ކުޑަކުއްޖާ އާއި އަންހެނުންތައް، ފުލުހުންގެ ލޯންޗުގައި ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް
އޮޔާ ދިޔަ ދޯނި، އެހެން ދޯންޏެއްގެ ކަފު ޖަހައިގެން ރަށަށް ގެންދަމުންދާ ކަމަށް
ހާލުގައި ޖެހުނު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް
ރާއްޖޭގެ މޫސުން ހުރިހާ ހިސާބަކަށް ވެސް މިހާރު ވަނީ ގޯސްވެފަ އެވެ. އަދި ވިއްސާރަވެ، ކަނޑުތައް ގަދަވެފައިވާތީ، މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ