މިދިޔަ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ ޑިޕޮސިޓްގެ ގޮތުގައި ކުރިން ފައިސާ ދެއްކި މީހުންގެ ކުލިން އެ ބައި އުނިކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ފްލެޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރަން ނިންމައި، އެ އަދަދު މިއަދު ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ގެނައި ބަދަލަކީ:
3 ކޮޓަރި ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު ޖުމުލަ މަހު ކުއްޔަށް 10،000ރ.؛ ކުރިން 11،500ރ.
3 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 8،500ރ.؛ ކުުރިން އެއީ 25،000ރ.
2 ކޮޓަރީގެ ފްލެޓްތަކަށް މެއިންޓެނެންސް ފީއާ އެކު ޖުމުލަ މަހު ކުއްޔަށް 7000ރ.؛ ކުރިން އެއީ 8،000ރ.
2 ކޮޓަރީގެ ފްލެޓްގެ ޑައުންޕޭމަންޓަށް 6،000ރ.؛ ކުުރިން އެއީ 15،000ރ.
ތަފްސީލު- ސެކިއުރިޓީ ޑިޕޮސިޓް ކުޑަ ކުރިއިރު ބައެއް މީހުން ވަނީ، އެ ފައިސާ ދައްކާފަ އެވެ. އެކަމަކު ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި އެ ފައިސާ، އެ މީހުންގެ މަހު ކުލިން އުނިވާނެ އެވެ.
އޭގެ ތަފްސީލަކީ:
2 ކޮޓަރީގެ ފްލެޓް: 15،000 ރުފިޔާގެ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް،6،000 ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ފަހު ބާކީ ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖެއްސުން
3 ކޮޓަރީގެ ފްލެޓް: 25،000 ރުފިޔާގެ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް،8،500 ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށް ފަހު ބާކީ ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖެއްސުން
ފްލެޓްތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓަށް ކަނޑައަޅާފައިވާ އަދަދު ކުޑަކުރަން ނިންމިކަން އިއުލާން ކުރެއްވީ، ރައީސް މުހައްމަދު މުއިއްޒު، ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންގެ ބައްދަލުވުމުގަ އެވެ.
ފްލެޓްތަކުގެ ޑިޕޮސިޓަށް ކުރިން ދެއްކި ފައިސާ ކުލިން އުނިކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ