ނަޝީދުގެ ހުކުމަށް ލުޔެއް ނުދޭނަން: އުމަރު

ސަރުކާރަށް ކިތަންމެ ޕްރެޝަރެއް ކުރިނަމަވެސް އަދި ކިތަންމެ ޑިމާންޑްތަކެއް ކުރިނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ހުކުމަށް ލުޔެއް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ އެމްޑީޕީން މިންޖުވާން މިނަމުގައި ކުރިއަށް ގެންދާ 73 ގަޑިއިރުގެ މުޒާހަރާ ނިމުމުގެ ކުރިން ސަރުކާރަށްް ތިންކަމެއް ހުށަހަޅާ އެކަންކަން ފުރިހަމަކުރުމަށް އެމްޑީޕީން ގޮވާލުމާއި ގުޅިގެންނެވެ.
މިނިސްޓަރު ވިދާޅުވީ ނަޝިދުގެ މައްސަލާގައި ސަރުކާރުން އަމަލުކުރާނެ ގޮތް ކުރިންވެސް ސާފްކޮށްދީފައިވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައަކީ ވަރަށް ސާފުކޮށް އޮތް މައްސަލައެއް ކަމަށާ މުޒާހަރާގެ ޑިމާންޑެއްގެ ގޮތުގައި މުހައްމަދު ނަޝީދު މިނިވަންކުރަން ހުށަހެޅި ނަމަވެސް މި ސަރުކާރުން ނޝީދު މިނިވަން ނުކުރާނެ ކަމަށެވެ.
މިނިސްޓަރު މީގެ ކުރިންވެސް ވިދާޅުވީ ރާއްޖެއަކީ ބޭރު ގައުމުތަކުން ބުނީމާ ބުނާހާ ގޮތަކަށް ކަންކުރަން އޮތް ގައުމެއް ނޫން ކަމަށެވެ.
މީގެ އިތުރަށް މިނިސްޓަރު އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގައި ކަންބޮޑުވުންތަކެއް ހުރިނަމަ ހައިކޯޓާއި ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ބޭރުދުނިޔޭގެ ޕްރެޝަރު ރާއްޖެއަށް ކުރިމަތިކޮށް ކަންކަން ހައްލުނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގައި ބޭރު ދުނިޔެއިން ފިއްތުންތައް ކުރިމަތިކޮށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާ ނަޝީދަށް ސަރުކާރުން ދޭނެ ލުޔެއް ނެތް ކަމަށެވެ.
އެމްޑީޕީން ހުށައެެޅި އިތުރު ކަންކަމާއި ގުޅޭގޮތުން މިނިސްޓަރު އުމަރު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ އާއި ޝައިހު އިމްރާން އަބްދުﷲގެ މައްސަލަ އާއި ސިޔާސީ ހައްޔަރީންގެ ގޮތުގައި ކިޔާ 1700 މީހުންގެ މައްސަލަ ތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި ކަންކަން ކަމާއި އެ މަރުހަލާތަކުގައި އެކަންކަން ހިނގަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ