ސްރީލަންކާ އިން ތަކުރާރުކޮށް ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމުގައި ފެއިލް ވެފައިވާކަން އަމިއްލައަށް ގަބޫލުކޮށް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި ކަމަށް ސިލޯން އިލެކްޓްރިސިޓީ ބޯޑްގެ ޗެއާމަން ވިޖަޔަޕާލަ ވިދާޅުވެއްޖެއެވެ.
ވިޖަޔަޕާލަ މިހެން ވިދާޅުވިއިރު މިއަދުވެސް މުޅި ސްރީލަންކާ އިން ކަރަންޓް ކެނޑިފައިވާތާ މިހާރު ގިނަ އިރުތަކެއް ވެއްޖެއެވެ.
ފާއިތުވި ހަމަސް ދުވަސް ތެރޭގައި މުޅި ލަންކާ އިން ތިން ފަހަރެއްގެ މަތިން ކަރަންޓް ކެނޑިފައި ވެއެވެ.
ވިޖަޔަޕާލަ މިއަދު ވިދާޅުވީ ދެން ލަންކާ އަށް ކަރަންޓް ދެވުމާއި އެކު އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
(އިތުރު ތަފްސީލް އަންނަނީ)
ކަރަންޓް މައްސަލަ ހައްލު ނުވުމުން ލަންކާގެ ކަރަންޓާއި ބެހޭ ކުންފުނީގެ ޗެއާމަން އިސްތިއުފާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ