އުމަރު އިސްތިއުފާ ދެއްވުމުން އިދިކޮޅު އިއްތިހާދުން މަރުހަބާ ދަންނަވައިފިއެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން އިން މިރޭ ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރި ވެރިކަމާއި ތަކުރާރުކޮށް ޤާނޫނު އަސާސީއާ ޚިލާފުވެވަޑައިގަންނަވާ މަންޒަރު ބެއްލުވުމަށް ނުހުންނަވައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ދާދި ފަހުން ގޮވާލި ގޮވާލުމަށް އިޖާބަދެއްވައި އުމަރު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން މަރުހަބާ ދަންނަވާ ކަމަށެވެ.
އުމަރުގެ ކުއްލި އިސްތިއުފާ އިން ހާމަ ވަނީ "މިއަދު މި ޤައުމަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ ގޮންޖެހުންތަކުން ސަލާމަތްވުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރާން ޖެހިފައިވާ ކަމެއް ކަން" ކަމަށް އެއިއްތިހާދުން ބުނެއެވެ. އެމްޔޫއޯ އިން އިތުރަށް ބުނެފައިވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި އެންމެ ބުރަ މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތައް މިއަދު އެކަހެރިކުރައްވައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމުކުރެއްވުމަށް ކުރައްވާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ.
"އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑާއިގަންނަވާ 9 ވަޒީރުން މިއަދު ވަނީ އެކިކަންކަން މެދުވެރި ކުރައްވައި މަޤާމުން ވަކިކުރައްވައި ނުވަތަ މަޖުބޫރުން އިސްތިއުފާ ދެއްވާފައެވެ. މިކަމުން އެންމެ ބޮޑަށް ހާމަވާކަމަކީ ދިވެހި ސަރުކާރު މިއަދު މިވަނީ ރައީސް ޔާމީން ހިސޯރުކުރައްވާފައިކަމެވެ." އިދިކޮޅު އިއްތިހާދުން ބުނެފައިވެއެވެ.
އެފަރާތުން ބުނީ ރައީސް ޔާމީންގެ މައްޗަށް ބޮޑެތި ޖިނާޢީ ތުހުމަތުތައް ކުރެވޭ ހިނދުވެސް ތަޙްޤީޤީ އެއްވެސް އިދާރާއަކުން އެއިން އެއްވެސް ކަމެއް ބެއްލުވުމުގެ ފުރުޞަތުތައް ހުރިހާ ގޮތަކުން ރައީސް ވަނީ ބަންދު ކުރައްވާފައި ކަމަށާއި، އެހެންކަމުން މިވަގުތުގައިވެސް ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަޙްޤީޤްކުރެއްވުމަށް އެމަނިކުފާނު ހައްޔަރުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ތަކުރާރުކޮށް ގޮވާލާކަމަށެވެ.
އުމަރު އިސްތިއުފާ ދެއްވުމުން އިދިކޮޅު އިއްތިހާދުން މަރުހަބާ ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ