އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތެއް އައްޑޫގައި ފަށައިފި

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތެއް އައްޑޫ ސިޓީގައި ފަށައިފިއެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ 21 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި، އައްޑޫގެ 11 ސްކޫލަކުން 30 ޓީމު ބައިވެރިވެއެވެ.
ހިތަދޫ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދަނީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ އުމުރުފުރާއެވެ.
މި މުބާރާތުގެ މެޗުތަށް ކުރިއަށްދަނީ، ހިތަދޫ ސްކޫލްގެ ނެޓްބޯޅަ ކޯޓުގައެވެ.
މިއީ އައްޑޫ ސިޓީގައި މިގޮތަށް ބާއްވާ ފުރަތަމަ ނެޓްބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ "އައިސީއެމް" މޯލްޑިވްސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ