އަބްދުﷲ ޝާހިދުގެ ތާޢީދު ނަޝީދަށް ނެތްކަން ހާމަވެއްޖެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރިޔާސީ އިންތިޙާބުގައި ވާދަނުކުރާނެކަމަށް އިޢުލާން ކުރުމާއެކު އަބްދުﷲ ޝާހިދުގެ ޙިޔާލު މިކަމުގައި ފާޅުކޮށްފިއެވެ.
މިއަދު ހެނދުނު އެމްޑީޕީގެ ވައިބަރ ގްރޫޕެއްގައި، ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަންނަވަން ނިންމަވާފައިވާކަން ނަޝީދު އިޢުލާން ކުރެއްވުމާއެކު ޝާހިދު ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި ނެރެން އޭނާ ތާޢީދު ކުރަނީ އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ) އަށް ކަމަށެވެ.
ޝާހިދު މިފަދައިން ވިދާޅުވިއިރު މީގެ ކުރިން ރިޔާސީ އިންތިޙާބަށް ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު މިއެއްވެސް ކެމްޕެއިނެއްގައި މާ ފާޅުކަން ބޮޑު ގޮތެއްގައި ޝާހިދު ނިކުންނަވާފައެއް ނުވެއެވެ. ޝާހިދުގެ އިތުރުންވެސް އެހެން ބައެއް ބޭފުޅުންވެސް ނަޝީދަށް ކެމްޕެއިން ކޮށްދީފައެއް ނުވެއެވެ.
ނަޝީދު ފަހަތަށް ޖެހިވަޑައިގެންނެވުމުން އެމްޑީޕީއާ ޖޭޕީންވެސް ދަނީ އުފާ ފާޅުކޮށް ނަޝީދަށް މަރުޙަބާ ކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ