އެޗްޕީއޭގެ އަސްލު އިދާރީ ހިންގުމެއް ނެތް: މެމްބަރު އިބްރާހީމް ރަޝީދު

އެޗްޕީއޭގެ އަސްލު އިދާރީ ހިންގުމެއް ނެތްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތައް ހިންގާ މީހުންނަށް ދިމާވަމުންދާ ދަތިތަކަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިމައްސަލައަކީ ރާއްޖޭގެ އިގްތިސާދާއި ގުޅިލާމެހިފައިވާ މައްސަލައެއް ކަމަށެވެ.
އެސިނާއަތުގައި ގާތްގަނޑަކަށް ފަންސަވީސް ހާހާއި ގާތްކުރާ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި މިހުރިހާ ވިޔަފާރިތައް ވަނީ ވަޒީފާތަކާއި ގުޅިފައި ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ގިނަ ޝަކުވާއަކަށް ވެފައިވަނީ އިރުއޮއްސި 6 އިން ފެށިގެން ވެހިކަލް ދުއްވުން މަނާކޮށްފަ، އެ ވެހިކަލްތައް ދުއްވާ މީހުން ބަހަށް އަރަން މަޖުބޫރުކުރާ މައްސަލަކަން ފާހަގަކުރައްވާ މެމްބަރު ވަނީ އިންސާނުންގެ ހަމަބުއްދި ވިސްނޭ ކަންކަން ކުރުމަށް ގޮވާލާފައެވެ.
އެޗްޕީއޭއަކީ ޓެގް ޓީމުން ހައިޖެކްޓްކޮށްފައިވާ ތަނެއްގެ ގޮތުގައި ސިފަކުރައްވާ މެމްބަރު ވިދާޅުވީ، އެޗްޕީއޭގެ އަސްލު އިދާރީ ހިންގުމެއް ނެތް ކަމަށާއި މިކަމަކީ ޓެގް ޓީމުން މާލީ މަންފާއެއް ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ