ކޮވިޑު ފަންޑަށް ލަވަކިޔުންތެރިޔާ ލަތާ 7 ލައްކަ ރުޕީސް ހަދިޔާ ކޮށްފި

ކޮވިޑްގެ އެކި ކަންތަކުގައި އެހީވުމަށްޓަކައި ހުޅުވާލާފައިވާ މަހާރާޝްތްރާ ސީއެމް ފަންޑަށް އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު 7 ލައްކަ ރުޕީސް ހަދިޔާ ކޮށްފިއެވެ.
މި ޚަބަރު ޓްވިޓާގައި ޝެއަރ ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު މަހާރާޝްތްރާގެ ޑިކްޓޮރޭޓް ޖެނެރަލް އޮފް އިންފޮމޭޝަން އެންޑް ޕަބްލިކް ރިލޭޝަނުގެ ފަރާތުން ޗީފް މިނިސްޓަރު އުއްދަވް ތަކެރޭ އެވެ. މިވާހަކަ ހިއްސާ ކުރުމަށްފަހު އޭނާ ވަނީ އެ އެހީއަށް ޝުކުރުއަދާ ކޮށްފައެވެ. އަދި އާންމުންނަށް ވެސް ވީވަރަކުން މިކަމުގައި އެހީތެރިވުމަށް ލަތާ އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދާދި ފަހުން އެކްޓަރު ޕްރިޔަންކާ ޗޯޕްޅާ ވެސް މި ފަންޑަށް އެހީވެފައެވެ. އަދި އެހެން މީހުންނަށް ވެސް މި ދަނޑިވަޅުގައި އާންމުންނަށް އެހީތެރިވުމަށް އޭނާވަނީ ގޮވާލާފައެވެ. މި ގޮތަށް މިހާރު ގިނަ ފަންނާނުން ވަނީ އެހީތެރިވާން ފަށާފައެވެ.
މަހާރާޝްތްރާގައި ހުކުރު ދުވަހު 62919 އާ ކޭސްތައް ވަނީ ރަޖިސްޓްރީ ވެފައެވެ. އެ ގޮތުން ޖުމްލަ ކޮވިޑް ޖެހުނު މީހުންގެ އަދަދު މި ވަނީ 46،02،472 ށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ