ހަނގުރާމަ މެދުކަނޑާލަން އީރާނާއި އެމެރިކާއިން އެއްބަސްވެއްޖެ

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ޝަރުތުކޮށް، އެ ގައުމަށް ހަމަލާދިނުން މެދުކަނޑާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އީރާނުން އެގޮތަށް އެބަސްވެއްޖެ އެވެ.މި އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ ދުނިޔޭގެ އިގްތިސާދަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން އަލުން ހުޅުވާލުމަށް އެއްބަސްވެފަ އެވެ.މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގައި ހުކުރު ދުވަހު އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.ޓްރަމްޕް ވިދާޅުވީ އޭނާ ޕާކިސްތާނުގެ ލީޑަރުންނާ ވާހަކަ ދެއްކެވި ކަމަށާއި ރޭގައި އީރާނަށް ފޮނުވަން އޮތް "ހަލާކުކުރަނިވި ބާރުތައް" މަޑުޖައްސާލުމަށް އެ ގައުމުން އެދުނު ކަމަށެވެ.ޕާކިސްތާނުން އަންނަނީ އީރާނާއި އެމެރިކާ-އިޒްރޭލާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިގޮތުގައި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން "އަވަސް ކުރިމަގެއްގައި އެކަށީގެންވާ ނަތީޖާތަކެއް ނެރެވެމުގެ ފުރުސަތު" އެބައޮތެވެ.އީރާނުން ބުނީ ސުލްހައިގެ މަޝްވަރާތައް ހުކުރު ދުވަހު އިސްލާމްއާބާދުގައި ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ