އޭނާ ފާހަގަކުރެއްވިގޮތުގައި މިއީ ދުނިޔޭގެ ތަރައްޤީވެފައިވާ ޓެކްސް ނިޒާމުތަކުގައިވެސް ބޭނުންކުރަމުންދާ އެންމެ ފުރިހަމަ އެއް ސިސްޓަމެވެ.
"މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އަޅުގަނޑުމެން މިދަނީ މިކަމާ ގުޅޭ ފްލިމިނަރީ ރިވިއުއެއް ހަދާ އަޅުގަނޑުމެންނަށް އެންމެ އެކަށީގެންވާ މޮޑެލްއަކީ ކޮބާތޯ ބަލާ ދިރާސާތައްކޮށް، އަދި އަޅުގަނޑުމެން މިކަމަށް ބޭނުންވާ އެހެނިހެން ކަންކަމަށް ތައްޔާރުވެ މިއަހަރުގެ ތެރޭގައި މި މަސައްކަތް ފަށާ، ނިންމާލުން،" އަމީޒާ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ކޮވިޑް-19 އަށްފަހު ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ނުވަތަ ގަވާއިދަށް ބޯލެނބުމުގެ މިންވަރު ދަށްވެފައިވާތީ، އެ މިންވަރު މަތިކުރުމަށް މިދިޔަ އަހަރުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އަމީޒާ ވިދާޅުވިއެވެ. މިގޮތުން އެންމެ ބޮޑަށް މައްސަލަ ދިމާވާ އިންޑަސްޓްރީތައް ފާހަގަކޮށް، އެ ފަރާތްތަކާ ގާތުން މަޝްވަރާކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
އީ-އިންވޮއިސް ސިސްޓަމް މި އަހަރު ތައާރަފްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ