ދޯންޏެއްގައި ރޯވެ، ދެ މީހަކު ފިހިއްޖެ

ކަނޑުމަތީގައި އޮތް ދޯންޏެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ މީހަކު ފިހިއްޖެ އެވެ. ކ. ކުޑަ ވިލިނގިލި ކައިރީގައި އޮތް ދޯންޏެއްގައި ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓު ކުރީ ރޭ ފަތިހު 3:23ގަ އެވެ. އެމްއެންޑިއެފްއިން ބުނީ އެހާދިސާގައި ހިނގި ވަގުތު އެ ދޯނީގައި ހަތަރު މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން އަނިޔާވެފައި ވަނީ ދިއްވެއްސަކާއި ބިދޭސީއަކަށެވެ. އަނިޔާ ލިބުުނު މީހުންނަށް އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސް އައިޖީއެމްއަޗްގައި ފަރުވާ ދެމުންދާ ކަމަށް އެމްއެންޑިއެފްއިން ބުންޏެވެ. އެމީހުންގެ ސިއްހީ ހަލާތާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބި އެވެ. ޓޮޕް ޓުއާޒް ކުންފުނީގެ "ޓޮމް ކުރޫޒާ" ނަމަކަށް ކިޔާ ދޯންނީގައި އަލިފާން ރޯވީ، ބަދިގޭގައި ކައްކަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ދޯންޏަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. އެ ދޯނީގައި ރޯވި އަލިފާން ނިއްވާލެވުނީ ފަތިހު 4:38ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ