ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަކިކޮށް، ބާކީ ކުރި މީހުންނަށް އެ މަނިކުފާނުގެ މުހިއްމުކަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ކުރިން ވެސް ދެންނެވިން ރައީސް މައުމޫނަކީ ވަރަށް ވަރުގަދަ އެސެޓެކޭ. އިލްމާއި ހިކުމަތާއި ތަޖުރިބާ ހުންނެވި، އަދި ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ބާކީ ކުރުމަކީ ސިޔާސީ ގޮތުން މޮޔަ ބަޔަކު ކުރާނެ ކަމެއް. އެކަން ވަރަށް އަވަހަށް ފެންނާނެ،" ވައްޑެ ވިދާޅުވި އެވެ.
ރައީސް މައުމޫނާއި ރައީސް ޔާމިން އާއި ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތައް ސިޔާސީ ކޯޅުމަކަށް ބަދަލުވެ ޕީޕީއެމް ދެފެކްޝަނަކަށް ބެހި މިއަދު ރައީސް މަުމޫނު ވަނީ އެ ޕާޓީން ބޭރުކޮށްފައެވެ.
ޕީޕީއެމް ދެފެކްޝަނަކަށް ބެހިގެންދިއުމާއެކު ރައީސް ޔާމީނާއި މައުމޫނަށް ތާއީދުކުރައްވާ މެމްބަރުންވެސް ދެފަޅި އަކަށް ބެހި މިއަދު މި ފެންނަނީ ރައީސް މައުމޫނު އިދިކޮޅު ފަރާތްތަކާއި އެކު ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާ ތަނެވެ.
ރައީސް މައުމޫނު ބާކީ ކުރި މީހުނަށް އެމަނިކުފާނުގެ މުހިއްމުކަން ވަރަށް އަވަހަށް ފެންނާނެ: ވައްޑެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ