މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ރާއްޖޭގެ ވެރިކަށް ކުރާ ރަށް، މާލޭ ސިޓީގެ ބޮޑު ބަޔަކުން މިރޭ ކަރަންޓު ކެނޑިއްޖެ އެވެ. ދޮޅު ލައްކައާ ކައިރި ކުރާ އަދަދަކަށް މީހުން ދިރިއުޅޭ، މާލޭއިން ކަރަންޓު ކެނޑިފައި ވަނީ ހެންވޭރާއި މާފަންނާއި ގަލޮޅުގެ ސަރަހައްދުތަކުންނެވެ. ސްޓެލްކޯއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނީ މާލޭގެ ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާތީ، ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މާލޭގެ އެކި ހިސާބުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ