ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިންނަށް ހިލޭ ރާއްޖެއައުމުގެ ފުރުސަތު މޯލްޑިވިއަނުން ހުޅުވާލައިފި

ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިންނަށް ހިލޭ ރާއްޖެއައުމުގެ ފުރުސަތު މޯލްޑިވިއަނުން ހުޅުވާލައިފިއެވެ.
އެގޮތުން މޯލްޑިވިއަން އިން ވަނީ ޗައިނާގެ ޗަންގުދޫ، ޗަންގްޗިން، ހަންގްޗޯ، ނަންގްޖިންގް އަދި ޒިއާންއިން ދިވެހިންނަށް ރާއްޖެއަށް ހިލޭ އާދެވޭނެކަން އާންމުކޮށް މި ސިޓީތަކުން ފްލައިޓް ރާއްޖެ އަންނަން ހަމަޖައްސާފައިވާ ގަޑިތައް އާންމުކޮށްފައެވެ. މި ފްލައިޓުތަކުގައި ރާއްޖެއަށް ދަތުރު ކުރަން ބޭނުންވާ ޗައިނާގައި ތިބި ދިވެހިން ވީހާވެސް އަވަހަކަށް ޗައިނާ އެމްބަސީއާ ގުޅުމަށް ވެސް މޯލްޑިވިއަނުން އެދެއެވެ.
މޯލްޑިވިއަނުން ހަފުތާއަކު ފަސް ދުވަހު ޗައިނާ އިން ރާއްޖެއަށް ދަތުރު ކުރެއެވެ. އެއީ އާދިއްތަ، ހޯމަ، އަންގާރަ، ބުދަ އަދި ހުކުރު ދުވަހު އެވެ. އެގޮތުން ޒިއާން އިން ދަތުރު ކުރަނީ އާދިއްތަ ދުވަހު އެވެ. ހޯމަ ދުވަހު ޗަންގްޗިންގެ ފްލައިޓް އޮންނަ އިރު އަންގާރަ ދުވަހު އޮތީ ނަންޖިންގްގެ ފްލައިޓެވެ. އަދި ބުދަ ދުވަހު ޗަންގުދޫން ފްލައިޓް އަންނައިރު ހުކުރު ދުވަހު ފްލައިޓް އޮތީ ހަންގްޗޯއިންނެވެ.
މޯލްޑިވިއަން އިން ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރު ތަކުގެ ފްލައިޓް ޝެޑިއުލް ---
މި ސިޓީތަކުގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވަނީ ޗައިނާގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްގެ ސަބަބުންނެވެ.
ޗައިނާގައި ތިބި ދިވެހިންނަށް މޯލްޑިވިއަނުން ހިލޭ ރާއްޖެއަށް އައުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިއްޔެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ހިލޭ ރާއްޖެ ގެނެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމަވާފައެވެ.
ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ސިޓީގައި ވެސް ދިވެހިން އެބަ ތިއްބެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެ ސިޓީގައި ހަ ދިވެހިން އެބަ ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ނަމަވެސް ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުން އަންނާތީ، ވުހާނަށް ވަދެ ނުކުތުން ކުއްލި ގޮތަކަށް ވަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ