ކަރަންޓުގެ އަގު ހެޔޮކުރުމަށް އޮތް ހަރުދަނާ ދޮރަކީ އިއާދަކުރަނިވި ހަކަތަ - ނަޝީދު

ކަރަންޓުގެ އަގު ހެޔޮކުރުމަށް އޮތް އެންމެ ހަރުދަނާ ދޮރަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮޕް 24 ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ، ކަރަނޓުގެ އަގު ހެޔޮކުރުމަށް އޮތް އެންމެ ހަރުދަނާ ދޮރަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުންކަމަށާއި އަޅުގަނޑުމެންގެ އަމާޒަކީ މި ބާވަތުގެ ހަކަތަ އުފެއްދުމަށް ބާރުއެޅުން ކަމަށެވެ. ހަމައެގޮތުން މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލާއި ގުޅޭގޮތުންނާއި، އެ ބަދަލުގެ ސަބަބުން ކުދި ގައުމުތަކަށް ކުރާ އަސަރުގެ ވާހަކަ ދިވެހިރާއްޖޭގެ ފަރާތުން ދައްކަވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ
މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން އެގަމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެގޮތުން ރައީސް ނަޝީދު މި ކޮންފަރެންސްގައި ބައިވެރެވަޑައިގަންނަވާނީ ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ