ޕީޕީއެމްގެ ކޮންގުރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އެޕާޓީގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އެ ނިންމުން ނިންމީ، ޕިޕީއެމްގެ ކޮންގްރެސް ބަލައިގަންނަން ހައިކޯޓުން ކުރި ހުކުމް އިލެކްޝަންސް ކޮމިޝަނުން އެ ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމުގައެވެ.
ޕީޕީއެމްގެ ކޮންގުރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއިރު، ޕީޕީއެމުން ކުއްލި ގޮތަކަށް ބޭއްވި އެ ކޮންގުރެސްގައި ޕާޓީގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިހާބުކޮށްފައެވެ. އަދި ޕާޓީގެ ނައިބް ރައީސުންނަށް ހަތަރު ބޭފުޅަކު އިންތިހާބުކޮށް، ކައުންސިލަށާއި އިސް މަގާމުތަކަށް ވެސް އެ ކޮންގުރެސްގައި ބޭފުޅުން އިންތިހާބުކުރިއެވެ.
އިތުރު ތަފްސީލް އަންނަނީ …
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ