ތީމުގޭގެ ކުރީގެ ބައެއް މުވައްޒަފުންނާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ މެލޭޝިއާގައި ބައްދަލުކުރައްވައިފިއެވެ.
ބޭސް ފަރުވާއަކަށް މިހާރު މެލޭޝިއާގައި ހުންނެވި ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ރޭގެ ވަގުތެއްގައި ތީމުގޭގެ ކުރީގެ ބައެއް މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވާކަމަށެވެ. އެގޮތުން އެ މުވައްޒަފުންނަށް ބައްދަލުކުރެއްވުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއްކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. My wife and I were delighted to meet in KL last might some of our former hardworking staff at Theemuge. pic.twitter.com/NANkgDxcXd— Maumoon Abdul Gayoom (@maumoonagayoom) November 5, 2018
އެބައްދަލުވުމާއި ގުޅޭ ތަފްސީލެއް ރައީސް މައުމޫނު ދެއްވާފައެއް ނުވެއެވެ.
ތީމުގެއަކީ ކުރީގެ ރިޔާސީ ގަނޑުވަރެވެ. ރިޔާސީ ގަނޑުވަރުގެ ގޮތުގައި މިހާރު މުލިއާގެ ކަނޑައަޅާފައިވީނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހާރު ދިރިއުޅުއްވަމުން އަންނަނީ ހިލާލީގޭގައެވެ.
ތީމުގޭގެ ކުރީގެ މުވައްޒަފުންނާއި މައުމޫނު މެލޭޝިއާގައި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ