"ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބޭނުންވާގޮތަށް ކަންތައް ރޭވުމަށް ބާރާއި އިހްތިޔާރު ކައުންސިލަށް ދޫކުރުން"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ތަސައްވުރުގައި ލާމަރުކަޒީ ނިޒާމަކީ މުޅި ރަށް ނުވަތަ ސިޓީގެ ހުރިހާ ކަމެއް އެތަނެއްގެ ރައްޔިތުން ބޭނުންވާގޮތަށް ރާވާ ހިންގުމުގެ ހުރިހާ ބާރަކާއި އިހްތިޔާރެއް އެތަނެއްގެ މައްޗަށް ދޫކުރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް އިސްކުރެއްވީ ރައްޔިތުން ކަމަށާއި އެއީ ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ކުރުމަށް ކަމަށެވެ.
"ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްގީގެ އައްސޭރި އަތުލަން. އިގްތިސާދީ ދުވެލި، އަހަރުން އަހަރަށް މަތިވަމުން ދާއިރުވެސް ތަރައްގީގެ ދުވެލި ބަރުހެލި ވެގެން މިއުޅެނީ މަރުކަޒީ އުސޫލު ދޫކޮށް ލާމަރުކަޒީ ކުރަން ނުކެރިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
އަދުގެ ސަރުކާރުގައި އެ ހިތްވަރު އެބަހުރި ކަމަށާއި ކައުންސިލުތަކަށް ބާރުތައް ދޫކުރަން ތައްޔާރުކަމަކަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ