އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.ސުޕްރީމް ކޯޓުން އަލީ ހުސައިންއަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ މާދަމާ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގީ އެކޯޓުގެ ބޭނުމަކަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭނުމެއްކަން ހާމަކުރައްވާފައެއް ނުވެއެވެ. އެކަމާ ގުޅިގެން އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަށް ޗިޓް ލިބިވަޑައިގެންފި ކަމަށާއި، އަނެއްކާވެސް ސަސްޕެންޑްކުރަން އުޅޭހެން ހީވާ ކަމަށެވެ. އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވި އިރު، ގާނޫނީ ވަކީލު ހުސްނުއްސުޢޫދު މިއަދު ވަނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ ކުރެއްވި ޓުވީޓަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ