ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަބްދުއް ލަޠީފް މުހައްމަދުގެ މެންބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
މެންބަރު ލަޠީފް ގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ދާދިދެންމެއަކުު ނިންމާފައިވާ އިރު މީގެ ކުރިން ވަނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއާއި ވިލިގިނލީދާއިރާގެ މެންބަރ ސައުދު ހުސައިންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ.
ލަޠީފްގެ އިތުރުން ތުލުސްދޫދާއިރާގެ މެންބަރ މުހައްމަދު ވަހީދު އިބްރާހީމް އާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑިއާއިމެދު މިއަދު ގޮތެއްނިންމާފައިވާއިރު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑިގެ މައްސަލައާއި މެދުވެސް ސްޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމާނެއެވެ.
މި ބޭފުޅުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަނުން ނިންމާފައި ވަނީ ސްޕްރީމް ކޯޓުން 2017 ވަނަ އަހަރު ޖުލައި މަހު ނެރުނު ހުކުމަކާއި ގުޅިގެންނެވެ. އެހުކުމުގައި ބުނަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017 ގެ ތާރީޚަށް ފަހު ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. ނަމަވެސް މި ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެބޭފުޅުން މާކުރިން ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ޕީޕީއެމުން އެބޭފުޅުން ވަކި ކުރެވޭނީ އެ ބޭފުޅުން އެޕާޓީއަށް އަލުން ވެންނެވުމުން ކަމަށެވެ.
ދިއްދޫ ދާއިރާގެ މެމްބަރު ލަޠީފް ގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ