އުމަރު ޒާހިރުގެ އަނބިކަނބަލުން ނިޔާވެއްޖެ

ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި މިނިސްޓަރު އުމަރު ޒާހިރުގެ އަނބިކަނބަލުން މޫމިނާ އިބްރާހިމް މަރުވެއްޖެ އެވެ.
މޫމިނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް ހަވީރުގެ ވަގުތެއްގަ އެވެ. އާލާސްކަންފުޅެއްގައި އުޅުއްވާތާ ދުވަސްތަކަށް ފަހު އެކަމަނާ ހާލުކޮޅު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
މޫމިނާގެ މައްޗައް ކަށު ނަމާދު ކުރުން އޮތީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ