މިއަދު ނޫހުގެ މެނޭޖިންގް އެޑިޓަރުގެ މައްޗަށް ރައީސް މައުމޫން ކުރައްވާ އަބުރުގެ ދައުވާ ކޯޓަށް ހުށަހުއްވައިފި

14:30ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާފަދަ ގޮތަކަށް މިއަދު ނޫހުގައި ޝާއިކޮށްފައިވާ ޚަބަރަކާއި ގުޅިގެން މިއަދު ނޫހުގެ މެނޭޖިންގް އެޑިޓަރުގެ މައްޗަށް ރައީސް މައުމޫން އަބުރުގެ ދައުވާ މަދަނީ ކޯޓަށް ހުށަހަޅުއްވައިފި އެވެ.ރައީސް މައުމޫންގެ ޤާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ބުރާސްފަތި ދުވަހު އެ މައްސަލަ މަދަނީ ކޯޓަށް ހުށަހަޅާފައި ވަނީ ރައީސް މައުމޫން ވެރިކަން ކުރެއްވިއިރު، ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ ކަމަށާއި، ދައުލަތުގެ ފައިސާ ލޫޓުވާފައިވާ ކަމަށް ބުނެ، އެމަނިކުފާނު ރައީސްކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިގޮތާ މެދު، ދިވެހި ރައްޔިތުންގެ މެދުގައި އެމަނިކުފާނުގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ލ.މާމެންދޫ ބަށިމާގޭ ޢަބްދުއްލަޠީފުގެ މެނޭޖިން އެޑިޓަރުކަމުގެ ދަށުން ނުކުންނަ މިއަދު ނޫހުގައި ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ ކަމަށެވެ. އަދި އެ ދައުވާ ކޮށްފައި ވަނީ ރައީސް މައުމޫންގެ އިއްޒަތަށާއި އަބުރަށް ހުތުރުވާ ފަދަ ގޮތަކަށް އެފަދަ ޚަބަރެއް ލިޔެފައިވާތީ އެކަމުގެ ސަބަބުން ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި މާއްދީ އަދި މައުނަމީ ބަދަލު ހޯދުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ރައީސް މައުމޫންގެ ވަކީލް އިތުރަށް ވިދާޅުވީ ނިއުޔޯކް ޓައިމްސްގައި ޝާއިކޮށްފައިވާ އެ ރިޕޯޓްގައިވާ ވާހަކަތަކަކީ ހަޤީޤަތެއް ކަމެއް މިހާތަނަށް އެއްވެސް ފަރާތަކަށް ހާމަކޮށްދެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކަމާ ގުޅިގެން ބަލަންޖެހޭ ގާނޫނީ ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، އެ މައްސަލަ ވެސް ކުރިއަށްގެންދަވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ