ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާގެ އަޑުއެހުންތައް ވެސް މާލޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ ޑިޕާޓްމެންޓުގެ ސްޕޯކްސްޕާސަން ލަތީފާ ގާސިމު ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާ ވެސް ޖަސްޓިސް ބިލްޑިންގުގެ ތިރީބައިގައި ހުންނަ ބޮޑު ކޯޓު ރޫމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ލަތީފާ ވިދާޅުވީ ޖަސްޓިސް ބިލްޑިންގުގެ ތިރީގައި ހުންނަ ބޮޑު ކޯޓުރޫމުގައި އެމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ، އެތަނަކީ ޑިޕާޓްމެންޓުގެ އަމިއްލަ ތަނަކަށް ވެފައި އެހެން ބައެއްގެ ތަނެއްގައި އަޑުއެހުންތައް ކުރިއަށް ގެންދާނަމަ ބޭނުންވާ ކޮންމެ ވަގުތަކަށް އެތަން ނުލިބުން ފަދަ ބައެއް ދަތިތައް ކުރިމަތިވެދާނެތީ ކަމަށެވެ.
ޖަސްޓިސް ބިލްޑިންގުގެ ތިރީބައިގައި އަލަށް ހަދާފައިވާ ކޯޓުރޫމަކީ ސިވިލް ކޯޓާއި ހަވާލުކޮށްފައިވާ ތަނެކެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ބައެއް މައްސަލަތައް ވެސް އެކޮޓަރީގައި ކުރިއަށް ގެންދެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށްފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދާނެ ތަނެއް ހަމަޖެހުނުހާ އަވަހަކަށް ފަށައިގަންނާނެ ކަމަށް ހުޅުމާލޭ ކޯޓުން މިއަދުވަނީ ބުނެފައެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލަ ކުރިއަށްގެންދާނީ ޖަސްޓިސް ބިލްޑިންގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ