ރައީސް މުހައްމަދު ނަޝީދުގެވެރިކަން ވެއްޓުމުގެ ކުރިން ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ދޫކޮށްލުމަށް ނިންމާފައިވާކަމަށް އިންކުރީ ކޮމިޝަނުން މިއަދު ހާމަކުރި މައުލޫމާތުން އެނގިއްޖެއެވެ.
އިންކުއަރީ ކޮމިޝަނުން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކަރުދާހުގައި ބުނެފައިވާގޮތުން ވެރިން ވެއްޓުމުގެކުރިން އަބުދުﷲ ގާޒީ ދޫކޮށްލުމަށް ނިންމާފައިވާކަން އެނގެނީ ވެރިކަން ވެއްޓުނު ދުވަހު ރައީސް ނަޝީދު ސިފައިންގޭގައި ހުންނަވަނިކޮށް ވަޒީރަކު ރައީސް ނަޝީދާ ކުރައްވާފައިވާ ސުވާލަކުންނެވެ.
ރައީސް ނަޝީދާ ކެބިނެޓުގެ މެމްބަރުންނާ ދެކެވުނު ވާހަކައިގައި ކުރިން އެއްބަސްވެފައިވާގޮތަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ދޫކޮށްނުލެވުނީ ކީއްވެތޯ މިނިސްޓަރަކު ރައީސް އަރިހުގައި އެއްސެވިކަމަށް ކޮމިޝަނުގެ ޓައިމްލައިނުގައި ބުނެފައިވެއެވެ. ވަޒީރުގެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވެފައިވާކަމަށް ބުނެފައިވަނީ އެކަން ވެސްނުވީކަމަށެވެ.
ސާޅީސް ތިން ސޮފުހާގެ މައްޗަށް އެކުލެވޭ ލިޔުމުގައި އިތުރަށް ބުނެފައިވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ސިފައިން ގެންގުޅުނު ހަތިޔާރުތަކުން ވަޒަންތައް ނަގައި ރައްކާކޮށްފައިވާކަމަށާއި މަސްރަހު ހަމައަކަށް އެޅުވުމަށް ބަޑި ޖެހުމުގެ ވާހަކަ ދެންނެވުމުން އެކަން ނުކުރުމަށް ރައީސް ވިދާޅުވިކަމަށެވެ.
ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ސިޔާސީވެރިންނާއެކު ބާއްވަން އުޅުނު ބައްދަލުވުން ވެސްނުބޭއްވެނީސް ރައީސްކަމުން އިސްތިއުފާ ދެއްވަން ނަޝީދު ނިންމެވިކަމަށާއި އެކަން، ބައްދަލުވުން އިންތިޒާމުކުރައްވަން އުޅުއްވި އެމްޑީޕީގެ ރައީސްއަށް އެނގިވަޑައިގެންނެވީ ވެސް ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ފަރާތުންކަމަށް ކޮމިޝަނުގެ ޓައިމްލައިނުގައި ބުނެފައިވެއެވެ.
ވެރިކަން ވެއްޓުމުގެ ކުރިން އަބުދުﷲ ގާޒީ ދޫކޮށްލަން ވަނީ ނިންމާފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ