ރިޔާސީ ޕްރައިމަރީގައި އޮޅުވާލާ މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް ފާޑު ވިދާޅުވެފައިވާތީ ޕީޕީއެމުން ބަލަމުންދާ މައްސަލަތަކަށް ޖަވާބުދާރީ ނުވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރުގެ މައްސަލަ ޕީޕީއެމުގެ ސުލޫކީ ކޮމިޓީން ބަލަން ފަށާފައިވަނީ ޕާޓީގެ އެންގުމާ ހިލާފަށް ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ޕްރައިމަރީއަށާއި ޔާމީނަށް ފާޑު ވިދާޅުވެފައިވާތީ އެކަންތައްތަކަށް މައާފަށް އެދިވަޑައިގެންނެވުމަށް ދެފަހަރެއްގެ މަތިން އަންގައިގެން ވެސް މައާފަށް އެދިވަޑައިނުގެންނެވުމުންނެވެ. އެމައްސަލާގައި ޖަވާބުދާރީ ވުމަށް އުމަރުގެ ފަރާތުން ދެ ވަކީލަކު އައްޔަން ކުރުމަށް އިއްޔެގެ ނިޔަލަށްވަނީ ފުރުސަތުދީފައެވެ. ނަމަވެސް އުމަރު ވަކީލުން އައްޔަން ކުރައްވާފައެއް ނުވެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ހަގީގަތް ހާމަ ކުރުމަކީ އޭނާ މައާފަށް އެދެން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެމައްސަލާގައި ޖަވާބުދާރީވާން ވެސް ބޭނުން ނުވާ ކަމަށެވެ.
"ޖަވާބުދާރީ ވާކަށް ނުވެސް ޖެހޭނެ، މައާފަށް އެދެން ވެސް ނުޖެހޭނެ. އިންތިހާބު އޮޅުވާލީ އެމީހުން، އެމީހުންގެ މައްސަލަ ބަލަން ޖެހޭނީ.މިއީ އަޅުގަނޑާއި ގުޅުން އޮތް ކަމެއް ވެސް ނޫން، ހަގީގަތާއި އުސޫލުތަކާ ހިލާފަށް ދަންޏާ އަދިވެސް އެވާހަކަ ދައްކާނަން،" އުމަރު ވިދާޅުވިއެވެ.
ޕީޕީއެމުން ބަލަމުންދާ މައްސަލަތަކަށް ޖަވާބުދާރީ ނުވާނެ ކަމަށް އުމަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ