ގާސިމް މާލެއިން ގެއެއް ބައްލަވާގެންފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާލެއިން ގެެއެއް ބައްލަވައި ގަނެފިއެވެ.މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހީމް ބައްލަވައިގަތީ މ. ވާދީބިލްޑިންގް އެވެ. އެގެއަކީ 413.33 އަކަފޫޓޫގެ ގެއެކެވެ. މި ގޭގެ ވެރިޔަކީ މީގެކުރިން މުހައްމަދު އަހުމަދު ދީދީ ނަމަކަށް ކިޔާ މީހެކެވެ.މި މުއާމަލާތާއި ގުޅޭ ގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ މ. ވާދީރޯސްގެ ބިމާއި އެތަނުގައި ހުރި އިމާރާތް އަދި ނުއުފުލޭ މުދާ 12 މިލިއަން ރުފިޔާއަށް ގާސިމް ބައްލަވާ ގަނެފައިވާ ކަމަށެވެ. އަދި އެ ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާތީ އެއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅާ ސިވިލް ކޯޓުން ވަނީ އެ ގޭގެ މިލްކުވެރި ފަރާތަކީ ގާސިމް ކަމަށް ކަނޑައަޅާ ހުކުމް ކޮށްފައެވެ.މިއީ ގާސިމް އިބްރާހީމް މާލެއިން ބިމެއް ބައްލަވައިގަތް ފުރަހަމަ ފަހަރު ނޫނެވެ.
މިލިޔުން ކިޔާލުމުން
17 %
އުފާވި
33 %
ދެރަވި
33 %
ރުޅިއައި
17 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ