ހައިލަމް ޖޭއެސްސީ މެމްބަރު ކަމަށް ވާދަ ކުރައްވަނީ

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބު ކުރާ މެމްބަރުކަމަށް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވާދަކުރައްވައިފިއެވެ.ޖޭއެސްސީގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު އިންނަވާ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުން މިމަހު ފަހުކޮޅު ބާއްވަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނިންމައިފަ އެވެ.އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އެ މަގާމަށް ވާދަކުރައްވަނީ އިސް ގާޒީ ހައިލަމްގެ އިތުރުން ލ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ދ. ކުޑަހުވަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ. އެ ތިން ބޭފުޅުންގެ ކެންޑިޑޭޓް ނަމްބަރުތައް މިއަދު ވަނީ ތަރުތީބު ކޮށްފަ އެވެ.ޖޭއެސްސީގައި ވަކީލުންގެ ތެރެއިން އިންނެވި މެމްބަރު ލަތީފާ ގާސިމްގެ މަގާމު ހުސްވުމުން، އެ މަގާމަށް ވެސް އާ މެމްބަރަކު ދާދިފަހުން ވަނީ އިންތިޚާބުކޮށްފަ އެވެ. އެ މަގާމަށް އިންތިޚާބުވީ ވަކީލް އަބްދުލްމާނިއު ހުސައިންނެވެ.މީގެ އިތުރުން އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރުގެ ދައުރު ވެސް މިއަހަރު ހަމަވާތީ އެ މަގާމަށް ވެސް ތިން ބޭފުޅަކު މިހާރު ވަނީ ކުރިމަތިލައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.ހައިލަމް ޖޭއެސްސީގެ މެމްބަރުކަމަށް ވާދަ ކުރައްވާ އިރު ހައިލަމްގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީއިން ދާދި ފަހުން ވަނީ ފާހަގަކުރައްވާފައެވެ. ހައިލަމް އަކީ ވަރަށް ގިނަ ހައިޕްރޮފައިލް ކޭސް ތަކުގައި ގާޒީ ކަން ކޮށްފައިވާ ފަރާތެކެވެ. މިގޮތުން މިހާރުވެސް ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހައިލަމްއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ