އިންޑިއާއާއި ރާއްޖެއާ ދެމެދު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ސޮއިކޮށްފައިވާ 'ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއި ބެހޭ އެއްބަސްވުމަށް' އިންޑިއާ ސަރުކާރުގެ ކެބިނެޓުން ރުހުންދީފި ކަމަށް އިންޑިއާގެ ނޫސްތައް ބުނެފިއެވެ.
އިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހުގައި ބުނެފައިވަނީ އެ އެއްބަސްވުމަށް އެ ޤައުމުގެ ކެބިނެޓުން ރުހުންދީފައިވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި ކަމަށާއި، މި އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އެހެނިހެން މަސައްކަތްތެރިން ފޮނުވުމާއި ތަމްރީނުކުރުމާއި ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީކުރުމާއި ސިއްހީ ދާއިރާއަށް ބޭނުންވާ ދިރާސާތައް ކުރުމަށް އެއްބާރުލުން ދެވިގެންދާނެކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
އިންޑިއާ ކެބިނެޓުން އިއްޔެ ރުހުންދިން އެއްބަސްވުމަކީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބުދުލް ގައްޔޫމް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ އެއްބަސްވުމެއްކަމަށް މައުލޫމާތުލިބެއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދުވެފައިވާ ސިއްހީ ދާއިރާގެ އެއްބަސްވުމަކަށް އެގައުމުގެ ކެބިނެޓުން ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ